ENGLISH

20 އޭޕްރީލު 2025

Advertisement

އާރޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި މީހާ ޑީޕޯޓްކޮށްލަނީ

16 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

މި މަހުގެ 6 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި ހިނގި މާރާމާރީގައި އިސްކޮށް އުޅުނު ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނެފައި ވަނީ 2024 ޑިސެމްބަރު 06 ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. އަދި އެ މީހާ ޑީޕޯޓުކޮށްލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ޑީޕޯޓުކޮށްލުމަށް ނިންމާފައިވަނީ އުމުރުން 25 އަހަރުގެ އަމްރިތު ސިންގް ކިޔާ މީހެކެވެ. 

ކިޔުންތެރިންގެ ހިޔާލު