ENGLISH

22 އޭޕްރީލު 2026

Advertisement

ކުނބުރުދޫ އަދި ހަންޏާމީދޫގެ ޕޮލިސް ޕޯސްޓްގެ މަސައްކަތް ކުރިއަށްދާ ގޮތް އާރުޑީސީގެ ޓީމުން ބައްލަވާލައްވައިފި

21 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ހަންޏާމީދޫގެ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން-- ފޮޓޯ: އާރުޑީސީ

އދ. ކުނބުރުދޫގައި ޕޮލިސް ޕޯސްޓާއި، އެ އަތޮޅު ހަންޏާމީދޫގެ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރ މުޙައްމަދު ޝަރީފާއި ސީނިއަރ ޓީމުން ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. 

ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން-- ފޮޓޯ: އާރުޑީސީ

ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އދ. އަތޮޅަށް މިދިޔަ އަހަރޔ އޮކްޓޫބަރ މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ.  މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ސަރުކާރުގެ އަމާޒަކީ މިއަަހަރު ނިމޭއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު