ENGLISH
21 އޭޕްރީލު 2026
އެކި ފަންނުތަކުގައި މަސައްކަތްކުރާ މީހުންނަށް ގްރާންޓާއި ލޯނު ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް
21 އޭޕްރީލު 2026
|
އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އެކި ފަންނުތަކުގައި މަސައްކަތްކުރާ މީހުންނަށް ގްރާންޓާއި ލޯނު ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރީންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވިޔަފާރިތަކާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާއި މަސްވެރީންނާއި ދަނޑުވެރީންނާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް އެކި ފުރުސަތުތައް ފަހިކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެކެވެ.
އެގޮތުން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައީސްގެ ސިޔާސަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެ އެވެ. އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ އެސްއެމްއީ ޑިޓިޖަލް ބީއެމްއެލްގެ ދަށުން އުފެދިގެން ދިޔަ ފަހުން ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ލޯނުގެ ފުރުސަތު ފަހިކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ޚާއްސަކޮށް އެކި ފަންނުތަކުގައި މަސައްކަތްކުރާ މީހުންނަށް މީހުންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމުގައި ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދޫކުރަން ފެއްޓެވި ފެއްޓެވުމެވެ.
ރައީސް ވިދާޅުވީ އެކި ސެކްޓާތަކަށް ކުދި އަދި މެދުފަންތީގެ ލޯނުތައް ދޫކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ. އެގޮތުން އާޓިސްޓުންނާއި ފަންނުވެރީންނަށް ފުރުސަތު ދެވެން އޮތް ގޮތްތަކެއް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އާޓް ނުވަތަ ކުރަހާ ފަރާތްތަކަށް ގްރާންޓެއް ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.
"އެކި ކަހަލަ އާޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކިކަހަލަ ލޯނުތަކާއި ގްރާންޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް," އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވި އެވެ.