ENGLISH

22 އޭޕްރީލު 2026

Advertisement

އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުން؛ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްތައް ޖަހަނީ

21 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ޅ. އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ބްލޮކްތައް ޖެހުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.

ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 7،534 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
  • 49،857 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުން
  • 14،160 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 164 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖެހުން
  • 172 މީޓަރުގެ ސަރަޙަައްދެއްގައި ބޭރު ތޮށިލުން
  • 156 މީޓަރު ސަރަަޙައްދެއްގައި ބޭރު ވެލި ތޮށްޓެއްލުން
  • 156 މީޓަރުގެ ސަރަޙައްދެއްގެ އެތެރެވަރިން ވެލި ތޮށްޓެއްލުން
  • 246 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 27 މީޓަރު ދިގު ފަސް މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުން
  • 132 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން
  • 1،149 އަކަ މީޓަރު ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް ހެދުން

މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭ ނިންމާ ގޮތަށް 66.40 މިލިއަން ރުފިޔާއަށެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބު ކަމާއެކު ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު