ENGLISH
21 އޭޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީގައި 727 މީހުންނަށް ވޯޓު ލެވޭ
21 އޭޕްރީލު 2026
|
ޕީއެންސީގެ ހިނގާލުމެއްގެ ތެރެއިން. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނު ގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެ ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްގެންދާ މި ޕްރައިމަރީގައި ކޮންގްރެސްގެ މެންބަރުންނަށް ވޯޓް ލެވޭނީ މި އިންތިޚާބުގައި ވޯޓްލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.
އެ ފޮށިތަކަށް ވޯޓު ލާނީ ޖުމްލަ 727 މީހުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.