ENGLISH
21 އޭޕްރީލު 2026
އާދިއްތަ ދުވަހު މަސްވެރިން ކިރުވިމަހަށް، 6.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
21 އޭޕްރީލު 2026
|
5 ދޯންޏަކުން ކިރުވިމަހަށް، 6.1 މިލިޔަނަށްވުރެ، ގިނަ ރުފިޔާ ޖަމާކޮށްދީފި--
އެންމެ މަޤްބޫލު
މިދިޔަ އާދިއްތަ ދުވަހު، 65 ދޯންޏަކުން ކިރުވިމަހަށް، 6.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 19 ވީ އާދިއްތަ ދުވަހު ބޮޑުކަންނެލީގެ މަސްވެރިކަން ހިމެނޭހެން، 6،138،161.00ރ. (ހަމިލިއަން އެއްލައްކަ ތިރީސްއަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ވަނީ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.
މަސްކިރުވާފައިވާގޮތުގެ ތަފްސީލަށް ބަލާލައިިރު، 60 ދޯންޏަކުން ކިރުވި ކަޅުބިލަމަހަށްވާ 6،086،716.00ރ. (ހަމިލިއަން އައްޑިހަ ހަހާސް ހަތްސަތޭކަ ސޯޅަ ރުފިޔާ) ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އަދި ދިހަ ކިލޯއަށްވުރެ މަތިން ކަންނެލިކިރުވި ހަ ދޯޏަކަށް، 4،620.00ރ (ހަތަރުހާސް ހަސަތޭކަ ވިހި ރުފިޔާ) ދޫކޮށްފައިވާއިރު، ފަނަރަ ކިލޯއިން މަތިން ކިރުވި، ފަނަރަ ދޯންޏަކަށް 46،825.00ރ (ސާޅީސް ހަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ވަނީ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
ދުނިޔޭގެ ބާޒާރުގަައި ތެލުގެ އަގަށް އައި ބޮޑު ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ތެލުގެއަގުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ މަސްވެރިންނަށް ދަތިނުވާނެހެން ތެލުގެ އިންތިޒާމަތައް ހަމަޖައްސައި މެނޭޖުކުރަމުންނެވެ. އެގޮތުން މިހާރުވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.