ENGLISH

20 އޭޕްރީލު 2025

Advertisement

ވޭޕް އާއި އީ-ސިނގިރޭޓް ބޭނުންކުރުމުން ޖޫރިމަނާކުރަން ފަށައިފި، ފައިސާ ދައްކަން ޕޭމަންޓް ލިންކެއް

16 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ވޭޕް އާއި އީ-ސިނގިރޭޓު ބޭނުން ކުރުމުން ޖޫރިމަނާކޮށް ޖޫރިމަނާ ފައިސާ ދެއްކުމަށް ޕޭމެންޓް ލިންކެއް ފުލުހުން ތަޢާރަފްކޮށްފިއެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، ދިވެހި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާ ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓު ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށްދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ. 

ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމެންޓެއް ވެސް ހިމަނާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުން އަމަލުކުރެއްވުމަށާއި، މި ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. ހަމަ އެހެންމެ އެންމެންގެ މަގްސަދަކަށް ވާންވާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށް ވެސް ބަޔާން ނިންމާލަމުން ވަނީ ފާހަގަކޮށްފައެވެ. 

+

ކިޔުންތެރިންގެ ހިޔާލު