ENGLISH

21 އޭޕްރީލު 2026

Advertisement

މާލޭ ސިޓީގެ މަޝްރޫޢުތަކަށް ސިޓީ ކައުންސިލުން ހުރަސް އެޅުން؛ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް

21 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މާލޭގެ މަޝްރޫޢޫތަކަށް ސިޓީ ކައުންސިލުން އަންނަނީ ހުރަސްއަޅަމުން. ފޮޓޯ: އެމްޓީސީސީ

މާލެއަށް ބަލާނަމަ އެންމެ ގިނަ އަދަދެއްގެ މީހުން ޖަމާވާ އެއް ސަރަހައްދަކީ ބާޒާރުމަތީ ސަރަހައްދެވެ. ފާއިތުވި އަހަރުތަކުގައި މާލޭގެ މި މަލަމަތި ރީތިކޮށް، ތަރައްގީކުރުމަށް އެއްވެސް އިސްކަންމެއް ދިން ތަން ފެނިގެނެއް ނުދެ އެވެ. ސަރަހައްދުގެ މަގުގެ ހާލަތު އިހްސާސްކުރެވޭ ހިނދުވެސް އެކަމަށް އަޅައެއް ނުލަ އެވެ. ފަހަރުގައި އެކަން ކުރާނެ ގޮތް ވެރިން ނޭނގުނީ އެވެ. ނުވަތަ އެވަރުގެ ހަކަތައާއި ހިތްވަރު ނެތީ އެވެ. ނޫނީ ގަސްދުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުމާލުވީ އެވެ. މި ކަންބޮޑުވުންތައް އަޑުއެއްސެވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަމަލީ މަސައްކަތް ފައްޓަވައި ނަތީޖާ ނެރެދެއްވަނީ ވެސް އެމަނިކުފާނެވެ. 

ނަމަވެސް މި މަޝްރޫއުތައް ހިންގުމަށް އެމަނިކުފާނަށް އެކި ގޮންޖެހުންތަކާ މިވަނީ ކުރިމަތިލާން ޖެހިފައެވެ. މާލޭގެ ސިޓީ ކައުންސިލުގައި ހުންނެވި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މޭޔަރު ދަނީ މިކަންކަމަށް ހުރަސްއަޅުއްވަމުންކަން ފާހަގަކުރައްވައި އެމަނިކުފާނު މިވަނީ އެވާހަކަތައް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. ކައުންސިލެއްގެ ޒިންމާއަކީ ސރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ފުރިހަމައަށް ކޮށްދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުން ކަމަށް ވާހިނދު މާލޭގެ މޭޔަރުގެ ފަރާތްޕުޅުން އެފަދަ އެއްބާރުލުމެއް ނުފެނުމަކީ ސަރުކާރަށް އޮތް ގޮންޖެހުމެކެވެ.

ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެގެ ބައްދަލުވުމުގައި މާލޭގެ މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން ހުސްކުރުމުގައި ސިޓީ ކައުންސިލުން އެކަށީގެންވާ އެއްބާރުލުން ނުދީގެންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި މާލޭ ސިޓީ ކައުންސިލުން ގަސްތުގައި ސަރުކާރަށް ހުރަސް އަޅާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން މާރުކޭޓު ސަރަހައްދުގެ މަގު ތަރައްގީކުރިއިރު، އެތަނުގެ މަގު އެއްވަރުކޮށް، ޕޭމަންޓް ތަރައްގީކުރަން ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދުން އެކަމަށް ބައެއް ހުސްކުރަން އެންގުމުން އެކަމަށް އެއްބާރުލުން ނުދިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެ ސަރަޙައްދު ހުސްނުކުރުމުގެ ސަބަބުން، ތާރު އަޅާ މަގު ހަދަން ޖެހުނީ ޕޭމަންޓް ނަހަދާކަމަށް ވިދާޅުވި އެވެ. 

"އޭރު ބުނެބުނެވެސް ހުސްކޮށް ނުދިން. މިހާރު މާރުކޭޓު އިމާރާތުގެ ބުޑާ ހަމައަށް ތާރު އަޅާފައި އޮންނާނީ، ޕޭމަންޓެއް ނޯންނާނެ. މާލެ ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުމެއް ނުދިން. ނުރަސްމީކޮށް އެނގިފައި އޮތީ އެކަން ވިޔަ ނުދިނުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން އެގޮތަށް އަމަލުކުރީ. މަސައްކަތް ފަށަން ހުސްކުރަން އަންގައިގެން ހުސްނުކޮށްގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް މުޙުލަތެއް ދިނީ. ޤާނޫނުގައި އޮންނާނެ އެއްބާރުލުން ނުދީފިއްޔާ ކަމާބެހޭ މިނިސްޓީއަށް އެތަނެއް ނަގައިގެން މަސައްކަތް ގެންދެވޭގޮތަށް. އެ މާއްދާ ބޭނުންކުރާގޮތަށް އެންމެފަހުން އަންގައިގެން މިހާރު އެތަން އެ ހުސްކުރަނީ،". ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސް ހަމަޖެހި، މަސައްކަތްތައް ހަވާލުކޮށް އެހެންނަމަވެސް ކައުންސިލުގެ އެއްބާރުލުން ނުލިބޭތީ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާ މަޝްރޫއާ ބެހޭގޮތުން ރައީސް ވިދާޅުވި އެވެ.

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިން ނަގާ އެތަނުގައި ހަ ފަންގިފިލާގެ މާރުކޭޓް ކޮމްޕެލެކްސްއެއް ތަރައްޤީކުރުމަށް ނިންމައި މާރިޗު މަހުގެ 21 ވަނަ ދުވަހު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފަ އެވެ. "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް"ގެ ނަމުގައި، ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ހަދާ މާރުކޭޓުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމާލާފައި. މާލޭގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގާނެ. ފޮޓޯ: އެމްޓީސީސީ

ސަރަހައްދުގެ އިތުރު މަޝްރޫއުތަކަށް ބަލާއިރު ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ޒަމާނީ ފެންވަރަށް ތާރު އަޅާފަ އެވެ. މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން ހަ މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކުރުމެވެ. މި މަޝްރޫއުގެ މަަސައްކަތް ނިންމައި ރޯދަަމަހު ހުޅުވާލިއިރު މިކަމަށް ވެސް ކައުންސިލުގެ އެއްބާރުލުމެއް ނުލިބުނެވެ. 

ބާޒާރުމަތީ މަޝްރޫއުތަކަކީ މުޅި ރާއްޖޭގެ ރައްޔިތުންނާ ގުޅުން ހުރި މަޝްރޫއުތަކަކަށްވާއިރު ސަރުކާރުން އެދޭ އިންގިލާބީ ބަދަލު ރައްޔިތުންނަށް ގެނެސްދިނުމުގައި އެންމެންގެ އެއްބާރުލުން ވެސް މުހިންމު ވާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު