ENGLISH

21 އޭޕްރީލު 2026

Advertisement

ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި

21 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ލޯނު ނެގޭނެ އުމުރު 75 އަހަރާ ހަމައަށް މަތިކޮށް ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ކުޑަ އަގުގައި ލޯނު ނެގޭނެ ގޮތަށް ހަދައިފި އެވެ.

ބޭންކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އުމުރުން 60 އަހަރު ފުރުމާ ހަމައަށް ލޯނު ލިބޭ ގޮތަށް މިހާރު އޮތް އޮތުން 75 އަހަރާ ހަމައަށް މަތިކުރުމަށް ބޭންކުގެ ބޯޑުން އިއްޔެ ނިންމާފައިވާކަމަށެވެ.

"އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގޭނެ. އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ރިސޯޓް މުވައްޒަފުންނާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ މީހުންގެ ލޯނު ޑޮލަރުން ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެދެމުންދާކަމަށާއި ރިސޯޓް މުވައްޒަފުންގެ އިތުރުން ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށްވެސް އެ ފަރާތްތަކުން ރާއްޖެއިން އެޕާޓްމެންޓެއް ގަތުމަށް ބޭނުންވެއްޖެނަމަ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރެވިފައިވާ އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު