ENGLISH

21 އޭޕްރީލު 2026

Advertisement

ރައީސް ގެންދަވަނީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނަވަމުން: މެންބަރު ލަޠީފް

21 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމަބަރު ޢަބްދުލްލަތީފް މުޙައްމަދު އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި. -- ފޮޓޯ: އެމްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ބަދަލުތައް ރައްޔިތުން ބޭނުންވާ ގޮތަށް ގެނެސްދެއްވުމަށް ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑުޚަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެންބަރު ލަތީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގައުމުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ގެންނަން ބޭނުންވާ ބަދަލުތައް ގެންނަވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަމާއި އެކުގައި ކަމަށެވެ. އެއީ ގާނޫނުއަސާސީ އަދި ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލެއް ވިޔަސް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަމަށާއި، ޕީއެންސީއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ތަޖުރިބާއާއި ގާބިލިއްޔަތުގެ އަލީގައި މި ކަންކަން ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ ބާރަށް ދެކެވެމުންދިޔައީ ގައުމުގެ މިނިވަންކަމުގެ ވާހަކަތައް ކަމަށެވެ. އެމަނިކުފާނު އޭރު ކުރެއްވި މަސައްކަތުން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ނުދާނެހެން، ރާއްޖެއަކީ އެހެން އެއްވެސް ބައެއްގެ ބާރު ނުފޯރުވޭނެ ފަދަ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ފެއްޓެވި ކަމަށް މެމްބަރު ވިދާޅުވިއެވެ. 

މެމްބަރު އިތުރަށް ވަނީ ރައީސް ޑރ. މުއިއްޒު ނިންމަވާ ކޮންމެ ނިންމެވުމަކީ ރައްޔިތުން އެދޭ ގޮތަށް ނިންމަވާ ނިންމެވުމެއްކަން ފާހަގަކުރައްވާފައެވެ. 

"އެމަނިކުފާނު ބޭނުންފުޅުވީ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލަކީ ކޮބައިތޯ. 2023ގެ ނޮވެމްބަރު 17 ގައި ވިދާޅުވެފައި މި އޮތީ ރައްޔިތުންގެ ޚިޔާލާއި ވިސްނުމާއި ރައްޔިތުންގެ ފިކުރާ ރައްޔިތުން އެދޭ ގޮތަށޭ މި އިސްލާހީ ބަދަލުތައް ގެންނާނީ. އެހެންވީމަ އެ ރައްޔިތުންނާ ހަމައަށް މި ފޮނުވީ ތިޔަ ރައްޔިތުން މި ނިންމުން އެގޮތަށް ބޭނުންފުޅުވޭތޯ؟ ރައްޔިތުން އެކަމަށް ނުރުހިއްޖެނަމަ ތިމަން މަނިކުފާނު އެކަމެއް އެގޮތަށް ނުކުރައްވާނަމޭ." - ދިއްދޫ ދާއިރާގެ މެންބަރު ލަތީފް

އަދި އެމަނިކުފާނު އަދިވެސް ވެރިކަން ކުރައްވަމުން ގެންދަވަނީ މިގޮތައް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް ގެންނަން ޖެހިވަޑައިގަންނަވާ ބަދަލުތައް ގެންނަވަމުން ކަމަށް އެމްޕީ ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، މަސްތުވާތަކެތީގެ މައްސަލަވެސް ހައްލު ކުރެއްވުމަށް ގާނޫނުތަކަށް ގެންނަޖެހޭ ބަދަލުތަކާއި، ނިޒާމު ހަރުދަނާކުރައްވަމުން ގެންދަވާކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު