ENGLISH

21 އޭޕްރީލު 2026

Advertisement

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

21 އޭޕްރީލު 2026

|

ފާތުމަތު އަދާ

ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހާ. ފުލުހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައި

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެެެވެ. 

ފުލުހުން މިއަދު ވަނީ، ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާކަން ހާމަކޮށް އެކަމާއި ގުޅޭ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. 

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެއް ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު