ENGLISH

21 އޭޕްރީލު 2026

Advertisement

ބޭންކުގެ ރައުސްލްމާލުގެ ފުދުންތެރިކަން ހުރީ ޤާނޫނީ ގޮތުން ލާޒިމުކުރާ ވަރަށްވުރެ ހަތަރު ގުނަ އިތުރަށް: ޝަރީފް

21 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރައުސްލްމާލުގެ ފުދުންތެރިކަން ހުރީ ޤާނޫނީ ގޮތުން ލާޒިމު ކުރާ މިންވަރަށް ވުރެ ހަތަރު ގުނަ އިތުރަށް ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލްއިން މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ ވޭތުވެދިޔަ އަހަރު ބޭންކުގެ ރެކޯޑު ކުރިއެރުމާއެކު އައު އަހަރުގެ މާލީ ދުވެލިވެސް ވަނީ އެ ބާރުމިނުގައި ދަމަހައްޓާފައި ކަމަށެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 879 މިލިއަން ރުފިޔާ ލިބިފަ އެވެ.  މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 698 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 631 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 1.24 ބިލިއަން ރުފިޔާ އެވެ. 

ޤައުމީ ބެންކުގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފައިވާއިރު މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޝަރީފް ވިދާޅުވީ ގައުމީ ބޭންކުގެ ރައުސްލްމާލުގެ ފުދުންތެރިކަން ހުރީ ޤާނޫނީ ގޮތުން ލާޒިމު ކުރާ މިންވަރަށް ވުރެ ހަތަރު ގުނަ އިތުރަށް ކަމަށެވެ. އެއީ ބޭންކުގެ ހިންގުން ހަރުދަނާކަމުންކަން ޝަރީފް ފާހަގަކުރެއްވިއެވެ. 

ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، 2026 ވަނަ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ ވަރުގަދަ އަޒުމެއްގަ އެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބޭންކުން ވަނީ ރެކޯޑު ފައިދާއެއް ހޯދާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު