ENGLISH
21 އޭޕްރީލު 2026
ހިންނަވަރުގައި އިމާރާތްކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
21 އޭޕްރީލު 2026
|
ހިންނަވަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ--ފޮޓޯ: އާރުޑީސީ
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ހިންނަވަރުގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ފައުންޑޭޝަން މަސައްކަތުގެ ތެރެއިން، ފުޓިން އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ހިންނަވަރުގައި ތަރައްގީކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، އެރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ، ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ކަސްރަތު ކުރުމަށް ބޭނުންވާ ސާމާނުތަކާއެކު އައުޓްޑޯ ޖިމެއް ގާއިމުކުރުމާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، އާއިލާތަކަށް ހިތްފަސޭހަކޮށްލެވޭނެ ބެންޗުތަކާއި، ފެހިކަންގަދަ މާހައުލެއް ހެދުން ހިމެނެ އެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޒުވާނުންނާއި އާއިލާތަކަށް އިޖުތިމާއީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، 186 އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން، 15 އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
ހިންނަވަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ--ފޮޓޯ: އާރުޑީސީ
އާރުޑީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލުމެވެ.