ENGLISH

21 އޭޕްރީލު 2026

Advertisement

ހިޕް މަރުކާގެ ކުޑަކުދީންގެ ކާނާގައި ވިހަ މާއްދާއެއް، ބޭނުން ނުކުރަން އެދިއްޖެ

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ހިޕް މަރުކާގެ ކުޑަކުދީންގެ ކާނާ ފުޅިތަކެއް --

ހިޕް މަރުކާގެ ކުޑަކުދީންގެ ކާނާގައި ވިހަ މާއްދާއެއް ހިމެނޭތީ އެ ތަކެތި ބޭނުން ނުކުރަން އަންގައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިރޭ ވަނީ އެކަމާއި ގުޅޭ އެލާޓެއް ނެރެފަ އެވެ. އެ އެލާޓެއްގައި ބުނެފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ހިޕް އިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ "ހިޕް" މަރުކާގެ ކުޑަކުދީންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުރަން އަންގައި ބާޒާރުން އަނބުރާ ނަގާފައިވާ ކަމަށެވެ.

އެގޮތަށް އަންގާފައިވަނީ މި އުފެއްދުންތަކުގައި ވިހަ މާއްދާއެއް ކަމަށްވާ ރޮޑެންޓްސައިޑް އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭތީ އެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ. މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަަކަށް ނުވިނަމަވެސް އަމިއްލަ ބޭނުމަށް މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަރުކާގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު