ENGLISH
21 އޭޕްރީލު 2026
ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ
20 އޭޕްރީލު 2026
|
ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާ ހިލަ ރިވެޓްމަންޓް /ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ގުރައިދޫގައި ސަރުކާރުން ތަރައްޤީކުރާ އެއާޕޯޓުގެ ބިން ހިއްކުމުގެ ބޮޑުބައެއް ނިމިފައިވާކަމަށް މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ، ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 75.91 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިހާރު ސައިޓުގައި ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާ ހިލަ ރިވެޓްމަންޓްގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއަށް ބޭނުންވާ 17،000 ޓަނުގެ ހިލަ މިހާރު ސައިޓަށް ވަނީ ގެންގޮސްފައެވެ.
މި މަޝްރޫއަކީ 106.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 ސަރަހައްދުގައި ހިލަ ރިވެޓްމެންޓު ޖެހުމާއެކު، 609 މީޓަރުގެ ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތްކުރާނެއެވެ.
ތ.ގުރައިދޫ އެއާޕޯޓުގެ އިތުރުން އެ ރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ.
ސަރުކާރިގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ.