ENGLISH
21 އޭޕްރީލު 2026
ބައިނަލްއަޤްވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަކޮށްފި
20 އޭޕްރީލު 2026
|
ބައިނަލްއަޤްވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ ތެރެއިން ނަގާފައިވާ ފޮޓޯ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގައި ބައިނަލްއަޤްވާމީ ޗައިނާ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަރަކާތުގެ މަޤްސަދަކީ ތަފާތު ބަސްތަކާއި ސަގާފަތްތައް އާންމުންނަށް އަންގައިދީ އާލާކުރުން ކަމަށެވެ.
ޗައިނާ ބަހުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ޤައުމީ ކުތުބުޚާނާއަށް 148 ފޮތް ވަނީ ހަދިޔާކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ކުތުބުޚާނާއިން ވަނީ މި އެހީތެރިކަމަށްޓަކައި ޗައިނާ އެމްބަސީއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
މި ފޮތްތަކުގެ ސަބަބުން ކުތުބުޚާނާގެ ފޮތްތަކުގެ ޚަޒާނާ އިތުރަށް ފުރިހަމަވެ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.