ENGLISH

20 އޭޕްރީލު 2026

Advertisement

އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށް

20 އޭޕްރީލު 2026

|

ފާތުމަތު އަދާ

އދ. ފެންފުށީގައި ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރަނީ. ފޮޓޯ: އާރްޑީސީ

އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފި އެވެ.

އާރްޑީސީން ބުނީ މިހާރު ކުރިއަށްދަނީ ރޫފް ޓައި ބީމްގެ މަސައްކަތް ކަމަށެވެ.

ފެންފުށީ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޫބަރު މަހެވެ. 

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު