ENGLISH
20 އޭޕްރީލު 2026
އާބަން ޕްރައިމަރީ ހެލްތްކެއާ ވަގުތީ ގޮތަކަށް ބަންދުކޮށްފި
20 އޭޕްރީލު 2026
|
އާބަން ޕްރައިމަރީ ހެލްތްކެއާ/ޕޮޓޯ:ވަގުތު
އެންމެ މަޤްބޫލު
އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެތަން ބަންދު ކުރީ މަރާމާތެއް ކުރުމަށް ކަމަށެވެ. އެގޮތުން މިއަދު 14:00 އިން ފެށިގެން 22 އޭޕްރިލް ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ބަންދު ކޮށްފަ އެވެ.
އެހެން ކަމުން އެ ސެންޓަރުން ދެމުން ގެންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އައިޖީއެމް ހޮސްޕިޓަލުގެ ޖީއޯޕީޑީއަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނީ ދަމަނަވެށިން ކަމަށް ވެސް ބުނެފައިވެ އެވެ.
އައިޖީއެމްޗުން ވަނީ އެ ބަދަލުގެ ސަބަބުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު އިފްތިތާހުކޮށްދެއްވީ 19 ނޮވެމްބަރު 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.