ENGLISH

20 އޭޕްރީލު 2026

Advertisement

އާޒިމުގެ މޭޔަރުކަމަށް ދެ އަހަރުވީއިރު މައްސަލަތައް ނުބެލީ ކީއްވެތޯ ސުވާލު އުފައްދައިފި

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނަރީޝް އެމްއެމްޓީވީގެ ބޮޑު ހަބަރުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެމަނިކުފާނު ކޮރަޕްޝަނުގެ އަމަލެއް ހިންގެވި ނަމަ މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމުގެ މޭޔަރުކަމަށް ދެ އަހަރުވީއިރު ވެސް އެ މައްސަލަތައް ނުބެލީ ކީއްވެގެންތޯ  މާލޭ ސީޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސުވާލު އުފައްދަވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކޮރަޕްޝަނުގެ އަމަލު ހިންގަވާފައިވާކަމަށް ތުހުމަތުކުރައްވައި މައްސަލަތައް ބަލާނެކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވަނީ ވިދާޅުވެފަ އެވެ. 

މިވާހަކަތަކަށް ރައްދު ދެއްވައި ނަރީޝް ވިދާޅުވީ މިއަދުވެސް މޭޔަރަކަށް ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ ބޭފުޅެއްކަމަށެވެ.

"އެ މަގާމުގައި ހުންނެވިތާ ދެ އަހަރާއި ހަތަރު މަސްވަނީ! ކީއްވެތޯ އެ ވައްކަންތަކުގެ ވާހަކަ މިހާ ދުވަސްވީއިރު، އެ ބޭފުޅާ ނުދައްކައިގެން މިއުޅެނީ؟ މިފަހަރުވެސް އިންތިޚާބުވީ، އެ ބޭފުޅާ. ކައުންސިލްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަކީ ވެސް އެ ބޭފުޅާ، ހުރިހާ ލިޔެކިޔުންތައް ހުންނަނީ ވެސް އެ ބޭފުޅާގެ ބެލެހެއްޓުމުގައި!،". ނަރީޝް ވިދާޅުވި އެވެ. 

ނަރީޝް ވަނީ އެފަދަ މައްސަލައެއް އުޅޭނަމަ މިވީ ދެ އަހަރާއި ހަތަރު މަސްދުވަހުގެ ތެރޭގައި އެމްޑީޕީގެ މޭޔަރު އެފަދަ ވާހަކައެއް ނުދައްކަވާ ނުހުންނާނެކަމަށް ވިދާޅުވެފަ އެވެ. 

ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާ ނަމަވެސް އަދިއަދާ ހަމައަށް ވެސް މިކަމަަށް ބާރުދޭ އެއްވެސް ހެއްކެއް އެމްޑީޕީން ދައްކާފައެެއް ނުވެ އެވެ. އަދި ރަސްމީ އެއްވެސް އިދާރާއަކަށް ވެސް މިފަދަ މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު