ENGLISH

20 އޭޕްރީލު 2026

Advertisement

ވޮލެޓެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަނީ

20 އޭޕްރީލު 2026

|

ފާތުމަތު އަދާ

ވޮލެޓެއް ވަގަށް ނެގި މައްސަލައިގައި ހޯދާ މީހާ

ވޮލެޓެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަމުންދާ ކަން ހާމަކޮށް އެކަމާއި ގުޅޭ ވީޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވިލިމާލޭ ފެރޓީ ޓާމިނަލް ކައިރިއަށް ވޮލެޓެއް ވެއްޓިފައިވަނިކޮށް ވަގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު