ENGLISH
20 އޭޕްރީލު 2026
ދިހަ ދުވަހުން ގާދިއްފުއްޓަށް އެރަށާ އެއްވަރުގެ ބިމެއް ހިއްކައި އިތުރުކޮށްފި
20 އޭޕްރީލު 2026
|
ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢު ވަނީ ނިމިފައި --
އެންމެ މަޤްބޫލު
ދިހަ ދުވަހުން ތ. ގާދިއްފުއްޓަށް އެރަށާ އެއްވަރުގެ ބިމެއް ހިއްކައި އިތުރުކޮށްފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ބިމުގެ ދަތިކަން އޮތް ގާދިއްފުއްޓަށް 10 ދުވަސްތެރޭ 11 ހެކްޓަރުގެ ބިމެއް ވަނީ ހިއްކައި އިތުރުކޮށްދީފަ އެވެ.
މިއަދު އޮތް ނޫސްވެެރީންގެ ބައްދަލްވުމުގައި ރައީސް މުޢިއްޒު ވަނީ އެކަން ހާމަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުގައި ސިޔާސީ ގޮތުން އެއްވެސް ކަމަކަށް ނުބައްލަވާނެ ކަމުގައި ވިދާޅުވި އެވެ.
ގާދިއްފުއްޓަކީ އެކަމުގެ މިސާލެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް އެންމެ ދަށް ނަތީޖާއެއް ލިބުނު އެއް ރަށަކީ ގާދިއްފުއްޓެވެ. އެ ރަށު ކައުންސިލްގެ އެންމެ ގޮނޑިއެއްވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ނުދިނެވެ.
ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް ފަށައި 10 ދުވަސްތެރޭ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ އިންތިޚާބުތަކާއި ދިމާކޮށް ނޫން ކަަމަށެވެ. އަދި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ތަރައްޤީގެ މަޝްރޫޢުއެއް ނުހިންގަވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ނަތީޖާ ނިކުންނަ ގޮތަކުން އެމަނިކުފާނުގެ ސިޔާސަތަށް ބަދަލު ނުގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
ބިން ހިއްކުމާއި ގުޅޭ ވަރަށް ގިނަ މަޝްރޫޢުތައް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދުވަސްތަކުގައި ނިިމިފައިވެ އެވެ.