ENGLISH

20 އޭޕްރީލު 2026

Advertisement

ކުޑަހުވަދޫގައި ގާއިމްކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ހުޅުވައިފި

20 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ދ. ކުޑަހުވަދޫގައި އެފްއެސްއެމް ފިއުލް ސްޓޭޝަނުގެ ހިދުމަތް ފެށުން. ފޮޓޯ: އެފްއެސްއެމް

ދ. ކުޑަހުވަދޫގައި ގާއިމްކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ހިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އެސްޓީއޯ އާއި އެފްއެސްއެމް ގުޅިގެން ފެށި މި މަސައްކަތުގެ ތެރެއިން މިހާތަނަށް ފަސް ރަށެއްގައި ފިއުލް ސްޓޭޝަންގެ ހިދުމަތް ވަނީ ފަށައިފައެވެ.

އެގޮތުން، ފ. ނިލަންދޫ އަދި ބ. އޭދަފުށީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަންްގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ. އަދި މާރިޗު 28 ގައި ށ. މިލަންދޫގައި އެ ހިދުމަތް ފަށައިފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަން ގާއިމްކޮށްފައިވަނީ، މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގައެވެ. އަދި އޭގެ ފަހުން ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި ހިދުމަތް ފެށިއެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާހު ކުރި މި މަޝްރޫއުގައި ރާއްޖޭގެ 19 ރަށެއްގައި ފިއުލް ސްޓޭޝަން ހެދުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުގެ އަޒާމަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް އަތްފޯރާފަށުގައި ދިނުމެވެ. އެގޮތުން އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން އަންނަނީ އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު