ENGLISH

20 އޭޕްރީލު 2026

Advertisement

ޖަޕާނަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ

20 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޖަޕާނަށް އައި ބިންހެލުމުގައި އެކި ސަރަހައްދުތަކަށް ސުނާމީއަރާނެ ކަމުގެ އިންޒާރު-- ސްކައި ނިއުސް

ޖަޕާނަށް މިއަދު ބިންހެލުމެއް އައިސްފައިވާ ކަމަށާއި، ބައެއް ޤައުމުތަކަށް ނުރައްކާ އޮތަސް، ރާއްޖެއަށް އެ ބިންހެލުމުގެ ސީދާ ނުރައްކާ ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

ޖަޕާނުގެ ހޮންޝޫ ސަރަޙައްދަށް އައީ 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

ޖަޕާންގެ މީޓިއޮރޮލޮޖިކަލް އެޖެންސީ އިން ވަނީ ބިންހެލުމާ ގުޅިގެން ބޮޑު ސަރަޙައްދަކަށް ސުނާމީގެ އިންޒާރު ނެރެފަ އެވެ. އަދި މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައިވެ އެވެ.

ބިންހެލުން އައިސްފައިވާ ކަމަށް ރެކޯޑްކުރެވިފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ގަ އެވެ.

މެޓް އޮފީހުން އާއްމުކުރި މަޢުލޫމާތުގައި ބުނީ، ބިންހެލުން އައިސްފައިވަނީ މާލެއާ  7955 ކިލޯމީޓަރު ދުރުން ކަމަަށެވެ. އަދި، ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

ޖަޕާނަށް މިިއަދު ބިންހެލުމެއް އައިސްފައިވާއިރު، އޭޕްރީލް 2 ވަނަ ދުވަހު އިންޑޮނީޝިއާއަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެ އެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސީދާ އަސަރުކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު