ENGLISH
20 އޭޕްރީލު 2025
ސަރުކާރުގެ މަގުބޫލުކަން އޮތްވަރު ރައްޔިތުން ބުނެދިނީ އެކި އެކިއެކި އިންތިޚާބުތަކުން: މެމްބަރު ޙަމީދު
16 ޑިސެމްބަރު 2024
|
ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޙަމީދު
މި ސަރުކާރުގެ މަގުބޫލުކަން އޮތްމިންވަރު ރައްޔިތުން ބުނެދިނީ ބޭއްވި އެކިއެކި އިންތިހާބުތަކުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޙަމީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޙުސެއިން ޙަމީދު ވިދާޅުވީ ސަރުކާރެއްގެ މަގުބޫލުކަން ކަނޑައަޅާ އެއް އެއްގޮތަކީ ބާއްވާ އިންތިހާބު ކަމަށާއި ފަހަކަށް އައިސް ބާއްވާ ހުރިހާ އިންތިހާބެއް މި ސަރުކާރުން ވަނީ ކާމިޔާބު ކޮށްފައިކަމަށެވެ.
ހާއްސަކޮސް އެންމެ ފަހުން ބޭއްވި ކުރިނބީގެ އަންހެނުންގެ ތަރަށްގިއަށް މަސައްކަަތް ކުރާ ކޮމެޓީގެ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީން ކުރެވެންހުރި ހުރިހާ ކަމެއް ކުރިކަމަށާއި އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެވުނު ކަމަށް ހަމީދު ވިދާޅުވިއެވެ.
ވެރިކަމަށް އައިރު ބައެއް ކުދި ކުދި ކަންތަކުގައި ނުތަނަވަސްކަން ހުރިކަމަށާއި އެހެން ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް އެކަން ފިލައިގެން ދާކަމަށް ހަމީދު ފާހަގަކުރައްވާ ވިދާޅުވީ ތިންގޮނޑި ތިން ގޮނޑިން ކާމިޔާބުވުމަކީ އޭގެ ނަތީޖާ ކަމަށެވެ.