ENGLISH
20 އޭޕްރީލު 2026
ތިލަމާލެ ބުރިޖުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ
20 އޭޕްރީލު 2026
|
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ. މިހާތަނަށް ވަނީ 72 އިންސައްތައިގެ މަސައްކަތް ނިންމާލާފަ.
އެންމެ މަޤްބޫލު
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ، ތިލަމާލެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ތިލަމާލެ ބްރިޖުގެ 71.60 މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ، ބްރިޖު ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ބްރިޖު ޑެކަށް ބޭނުންވާ 1،222 ސެގްމަންޓުގެ ތެރެއިން މިހާތަނަށް 84 ޕަސެންޓު ސެގްމަންޓް ކާސްޓްކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދި 54 ޕަސެންޓު ސެގްމަންޓް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.