ENGLISH

22 އޭޕްރީލު 2026

Advertisement

އެއްވެއުޅުމުގެ މިނިވަންކަން އޮންނާނެ، ފިޔަވަަޅެއް ނާޅައިވާން އޮތްނަމަ ކުރިއަށްދާނީ އެގޮތަށް: ރައީސް

20 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އިހުތިޖާޖުކޮށް މުޒާހަރާކޮށްގެން ފިޔަވަޅެއް އަޅުއްވާނީ ގާނޫނާ ހިލާފު ބޮޑެތި ކުށްތައް އިހުތިޖާޖުކުރުމުގެ ނަމުގައި ހިންގުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ ހައްގު އޮންނާނެކަމަށާއި، އެ ހައްގުތައް ބޭނުންކުރަންވީ އިސްލާމްދީނާއި ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ އިމުގެ ތެރެގައި ކަމަށެވެ. 

މިހާރު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ކަންކަމުގައި ފިޔަވަޅުއެޅުމާމެދު ސަރުކާރުގެ ވިސްނަމަކީ ފިޔަވަޅެއް ނާޅައި ކުރިއަށްދެވެން ކުޑަ ނަމަވެސް ފުރުސަތެއް އޮތްނަމަ ސަރުކާރުން ކުރިއަށްދާނީ ފިޔަވަޅެއް ނާޅައި ކަމަށެވެ. 

"ފިޔަވަޅުއެޅުން އަޅުގަނޑުމެން ވަރަށް ބޮޑަށް ލިމިޓެޑްކޮށް މިގެންދަނީ. ފިޔަވަޅު ނާޅައި ކިރިޔާވާން އޮތްނަމަވެސް އެގަޮތަށް މިގެންދަނީ. ހަަމައެކަނި މިސާލަކަށް ފުލުހަކަށް އަނިޔާކުރުން ނޫނިއްޔާ މިސާލަކަށް ބެރިކޭޑު ފަޅައިލާފައި ނުކުތުން އެގޮތަށް ހަދައިފިއްޔާ ފުލުހުންގެ މުއައްސަސާގެ އިންޓަގްރިޓީއަށްވެސް ހުރަސްއެޅޭ،" ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ އެންމެންވެސް އެބަޔަކަށް ފެންނަ ގޮތަކަށް ހިޔާލު ފާޅުކުރުމަށް އެމަނިކުފާނު މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި އެއްވެއުޅުމަށް ހުރަހެއް ނޯންނާނެކަމަށާއި، އެކަމަށްވެސް ފުރިހަަމައަށް ތާއީދުކުރައްވާ ކަމަށެވެ.  ތަނަކަށް އެއްވި ނަމަވެސް އެފަދަ ކަންކަމުގައި ކޮންމެ ބަޔަކުވެސް އަމަލުތައް ބަހައްޓަންވާނީ މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުގެ ތެރޭގައި ކަމަށް ރައީށް ވިދާޅުވިއެވެ. 

"އަދި ކޮންމެ ތަނަކަށް އެއްވި ކަމުގައިވިޔަސް އެކަމެއްގައި އެމީހާގެ ކިބައިން ފެންނަ ކަންކަން، އަމަލުން ފެންނަ ކަންކަން ހުންނަންވާނީ އެންމެންނަށްވެސް ބަލައިގަނެވޭ ގޮތަށޭ،" ރައީސް ވިދާޅުވިއެވެ. 

މީގެ ކުރީގެ ދައުރުތަކުގައި ސިޔާސީ ލީޑަރުންނާއި އެބޭފުޅުންގެ ގާތްތިމާގެ މީހުންނާ ޖަލަށްލައި ބަންދުކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރު ފާއިތުވެގެންދިޔައިރު މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްނުލައްވާ ކަމަށެވެ. އަދި ސިޔާސީ މީހަކަށްވެގެން އެއްވެސް މީހަކު ފުލުހަށް ހާޒިރުކޮށްފައިވެސް ނޯންނާނެ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް މިއަދު ބޭނުންފުޅު ކޮންމެ ގޮތަކަށް އެއުޅެއްވެނީ ރާއްޖޭގައި އޮތް ސިޔާސީ ބަދަލުހިފުމުގެ ވިހަ ވަށްބުރަށް އެމަނިކުފާނު ނިމުމެއް ގެންނަވާފައިވާތީ ކަމަށާއި، އެބޭފުޅުން އުޅުއްވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ނިންމާނީ ރައްޔިތުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު