ENGLISH

20 އޭޕްރީލު 2026

Advertisement

ސައުދީ ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

20 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ސައުދީ ފްލައިނާސް އެއާލައިންގެ ބޯޓެއް. ފޮޓޯ: ފްލައިނާސް

ސައުދީ އަރަބިއްޔާގެ އެންމެ އަގުހެޔޮ ދަތުރުތައް ކުރާ އެއާލައިން، ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ނަތީޖާއަކީ ކެންސަލްވާ އެއާލައިންތަކުގެ އަދަދު މަދުވަމުންދާކަން ކަމަށް ފާހަގަކުރައްވައި ވަޒީރު އަމީން އިތުރަށް ވިދާޅުވީ، އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން، ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ އެއާލައިންގެ ޝެޑިއުލްގައި ވެސް ހިމަނާފައިވެއެވެ.

ފްލައިނާސްގައި މި ވަގުތު 67 އަށްވުރެ ގިނަ ބޯޓު އޮތްއިރު، މީގެ ތެރޭގައި ގިނައީ އައު އެއާބަސް ނިއޯ 320 ގެ ބޯޓުތަކެވެ.

ކިޔުންތެރިންގެ ހިޔާލު