ENGLISH
20 އޭޕްރީލު 2026
ކުޅުދުއްފުށީގައި ރުކުން ވެއްޓުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
20 އޭޕްރީލު 2026
|
އައިޖީއެމްއެޗް. ފޮޓޯ: ވޮއިސް
އެންމެ މަޤްބޫލު
ހދ.ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
މީގެ 3 ދުވަސް ކުރިން ކުޅުދުއްފުށީގައި ރުކުން ވެއްޓިފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ.
އޭނާއަށް ރެއާ ހަމައަށް އެރަށު ސިޓީ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިތުރު ފަރުވާދޭން ފަށާފައެވެ.
މައުލޫމާތުލިބޭ ގޮތުގައި އެމީހާގެ ހާލު އަދިވެސް ސީރިއަސްއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެއެވެ.
މީގެ ކުރިން މިފަދައިން ހިނގާފައިވާ ހާދިސާތަކުގައި ވެސް އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދެމުންދެއެވެ. އަދި ބައެއް ހާލަތްތަކުގައި މީހުން ނިޔާވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.