ENGLISH
20 އޭޕްރީލު 2026
އެމްޑީޕީ ސަރުކާރަށްވުރެ އެއްވެ އުޅުމުގެ ފުރުސަތު ފަސްގުނަ އިތުރުކޮށްދީފިން: ރައީސް
20 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން އެއްވެ އުޅުމުގެ ފުރުސަތު ފަސްގުނަ އިތުރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކުރިން މާލޭގައި އެއްވުމުގެ ފުރުސަތު އޮތީ އެންމެ ތަނެއްގައި ނަމަވެސް މި ސަރުކާރުން ފަސް ތަނެއްގައި އެއްވެއުޅުމުގެ ފުރުސަތު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މާލޭގައި އެއްވެއުޅެވޭ ތަންތަނުގެ އަދަދު އިތުރުކުރުމުންވެސް އިދިކޮޅު ޕާޓީތަކުން އެއްވަނީ އެތަންތަނަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން އެއްވަމުންދަނީ ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން މިހާރު މާލޭ ސަރަހައްދުގައި ކުރަމުންދާ މުޒާހަރާތަކުގައި ދީނާ ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މަގުމަތީ އެއްވެ އުޅޭއިރު ހަޑިހުތުރު ބަސްތައް ބޭނުންކުރުމާއި ހަޑިހުތުރު އަމަލުތައް ހިންގުމަކީ ކަނޑައެޅިގެންދީނާ ހިލާފު އަމަލެއް ކަމެވެ.
"ދެން މީހުންނަށް އުދަގޫވާ ގޮތަށް މަގުމަތީގައި (އެއްވަނީ). ދެން މަގުމަތީ ހިނގާފައިވެސް މިސާލަކަަށް ދަނީ، އެކަމަކު އޭގެ އިތުރަށް ހަޑިހުތުރު ބަސްތައް ބޭނުންކުރުން، ދީނާ ހިލާފު ކަމެއް، ހަޑިހުތުރު އަމަލުތައް ހިންގަނީ، ދީނާ ހިލާފު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެބައޮތް ހައްގުތަކެއް އެކަމަކު އެ ހައްގުތައް އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަ ހިސާބުންޖެހޭނެ ލިމިޓުކުރަން،"
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަފުޅު އޭގެ ސިޔާގުން ބޭރުން ނަގައިގެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު އިސްލާމްދީނުން ބޭރުވެފައިވާކަމަށް ވިދާޅުވި ކަމުގައި ދޭހަކޮށްދޭން އުޅުމަކީ ހަގީގަތް އޮޅުވައިލުން ކަމަށެވެ.