ENGLISH

21 އޭޕްރީލު 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާން އާއި ސައީދު

20 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ސިނާން އާއި ސައީދު. ފޮޓޯ: ވަގުތު

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ) ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕީއެންސީއިން ކުރި އިއުލާނެއްގައެވެ.

ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރ ދާއިރާއަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދު އިރު އޮއްސި 6 އާ ހަމައަށެވެ.

މި ފުރުސަތު ހުޅުވާލާފައިވާ އިރު، ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް އިއުލާންގައިވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ހުންނެވި ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ޖޫން 6 ގައެވެ. 

މީގެ އިތުރުން، މި ބައި އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު