ENGLISH

21 އޭޕްރީލު 2026

Advertisement

ފުވައްމުލަކުގައި ގާއިމުކުރާ ފުލުހުންގެ އެކަމޮޑޭޝަން އިމާރާތުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް

20 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ފުވައްމުލަކުގައި ގާއިމުކުރާ ފުލުހުންގެ އެކަމޮޑޭޝަން އިމާރާތުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް. ފޮޓޯ: އެމްޓީސީސީ

ފުވައްމުލައް ސިޓީގައި ގާއިމުކުރާ ފުލުހުންގެ އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ފުވައްމުލަކުގެ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތުގެ އަދާހަމަ ހިއްސާކޮށް ބުނީ، މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރިއިންފޯސްމަންޓްގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެމްޑީ، (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސައުދީއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުގެ މަގްސަދަކީ މި މުޖުތަމައުތަކުގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް، ހިދުމަތް ދިނުމުގައި ލުއިފަސޭހާ ގޮތްތަކެއް ހޯދައިދިނުމެވެ.

އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ އިތުރުން، ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު