ENGLISH
19 އޭޕްރީލު 2026
ދަނގެތި ބަނދަރުގެ އާ ޖެޓީގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް
19 އޭޕްރީލު 2026
|
ދަނގެތި ބަނދަރުގެ އާ ޖެޓީގެ މަސައްކަތް ކުރާ ސަރަހައްދު
އެންމެ މަޤްބޫލު
އދ. ދަނގެތި އާ ޖެޓީގެ މަސައްކަތުގެ ބަނދަރު ފުންކުރުމާއި، ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މީގެ އިތުރުން މަގު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.
އދ. ދަނގެތި އާ ޖެޓީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. މި މަޝްރޫއަކީ 71.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ވަނީ ކުރިއަށްގެންގޮސްފައެވެ.
ދަނގެތީ ބަނދަރުގެ އާ ޖެޓީގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށުގައި ޞިއްޙީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.