ENGLISH

19 އޭޕްރީލު 2026

Advertisement

އިންޑޮނޭޝިއާގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވެއްޖެ

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އިންޑޮނޭޝިއާގައި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު. ފޮޓޯ: އޭޕީ

އިންޑޮނޭޝިއާގެ ހުޅަނގު ކަލިމަންތާން ޕްރޮވިންސްގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވެއްޖެއެވެ.

ބޯނިއޯ އައިލެންޑްގެ މެލަވީ ޑިސްޓްރިކްޓްގެ ގަސް ބޯ ސަރަހައްދަކުން ފުރި އެއާބަސް އެޗް 130 މަރުކާގެ އެ ހެލިކޮޕްޓަރު ނައްޓާލިތާ ފަސް މިނިޓް ފަހުން އެ ބޯޓުގެ ގުޅުން ކެނޑުނުކަމަށް ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.

އެމީހުން ބުނި ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނު އިރު، ދަތުރުކުރަމުން ދިޔައީ ޕާމް އޮއިލް ގަސްތަކުގެ މެދުތެރެއިންނެވެ. އަދި އެ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ޓީމުން ވަނީ ސެކަޑޯ ޑިސްޓްރިކްޓްގެ ޖަންގަލިތަކުގެ ތެރެެއިން އެ ހެލިކޮޕްޓަރުގެ ބައިތައް ހޯދައިފައެވެ.

މި ހާދިސާގައި މަރުވި 8 މީހުންގެ ހަށިގަނޑު އެ ސަރަހައްދުން ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ކްރޫ މެންބަރުންނާއި ހަ ފަސެންޖަރުންނެވެ. އެ ފަސެންޖަރުންގެ ތެރޭގައި މެލޭޝިއާއަށް ނިސްބަތްވާ މީހަކު ހިމެނެއެވެ.

އޮފިޝަލުން ބުނި ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ވަނުމަށް ދަތިވީ އެއީ ޖަންގަލިތަކާއި އުސް ފަރުބަދަތައް އޮންނަ ސަރަހައްދަކަށް ވުމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގު ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު