ENGLISH
19 އޭޕްރީލު 2026
އިންތިޚާބުގައި ތޮއްޑޫ ދާއިރާއިން ކޮންގްރެސްއަށް ލިބުނު ބޮޑު ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި
18 އޭޕްރީލު 2026
|
ރަސްދޫގައި ހަވާ އަރުވާ މަންޒަރު ރައީސް ބައްލަވާލައްވަނީ
އެންމެ މަޤްބޫލު
މި މަހުގެ ހަތަރުވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އއ. ތޮއްޑޫ ދާއިރާއިން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ލިބުނު ބޮޑު ކާމިޔާބީ މިރޭ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ތޮއްޑޫ ދާއިރާއިން ކޮންގްރެސްއަަށް ލިބުނު ކާމިޔާބީ ފާހަގަކުރުން އޮތީ މިރޭ އއ. ރަސްދޫގަ އެވެ. މިރޭގެ ހަފްލާގައި ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ތޮއްޑޫ ދާއިރާގައި ހިމެނޭ، ތޮއްޑޫ އާއި ރަސްދޫ އާއި އުކުޅަހުގެ ގިނަ އަދަދެެއްގެ ރައްޔިތުން ބައިވެރިވި އެވެ.
ތޮއްޑޫ ދާއިރާއިން ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން މި ދާއިރާގެ ތިން ރަށުގައި އިދިކޮަޅު އެމްޑީޕީގެ ކެންޑިޑޭޓުން މިދިޔަ 18 އަހަރު ދެމެހެއްޓި މެޖޯރިޓީ ގެއްލުވާލާ ހުރިހާ ރަށެއްގެ މެޖޯރިޓީ ވަނީ ކޮންގްރެސް އިން ހޯދާފަ އެވެ.
މިރޭ ހަފްލާ އޮތް ރަސްދޫގެ ކައުންެސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އުކުޅަހުގެ ކައުންެސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.
ތޮއްޑޫ ކައުންެސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް ގޮނޑީން ހަތަރު ގޮނޑިވެސް ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ.
ތިން ރަަށުގެ ރައްޔިތުންނަށް ބޮޑު ޖާފަތާއެކު މިރޭ އޮތް އުފާފާޅުކުރުމުގައި ހަވާ އެރުވުމުގެ ޚާއްސަ އައިޓަމެއް ވެސް އޮތެވެ.