ENGLISH
20 އޭޕްރީލު 2025
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް، ފުއާދު ތައުފީޤް އައްޔަނު ކުރައްވައިފި
16 ޑިސެމްބަރު 2024
|
ފޮޓޯ: ރައީސް އޮފީސް
ކިންގްޑޮމް އޮފް ތައިލެންޑަށް ދިވެހި ރާއްޖޭގެ ފަރާތުން ކަނޑަައަޅުއްވާ ސަފީރަކަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުއާދު ތައުފީޤު/ މއ. ތަޅަމުދިގެ އައްޔަނު ކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލް ޖުމްހޫރިއްޔާ ވަނީ މަގާމުގެ ފަތްކޮޅު ފުއާދު ތައުފީޤަށް އަރުވައިފައެވެ.
ސަފީރު ކަމަށް ފުއާދު އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓްލާޖްގެ މަގާމުގައެވެ.
ދައުލަތަށް ހިތުމަތް ކުރައްވަމުން ގެންދަވާތާ 35 އަހަރު ވެފައިވާ ފުއާދު ތައުފީޤް އެންމެ ގިނަ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިލެކްޝަން ކޮމިޝަންގައެވެ. ގިނަ ޕާޓީ އެކުލެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ބޭއްވި އިންތިހާބުގައި އިލެކްޝަން ކޮމިޝަންގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ވެސް ފުއާދު ތައުފީޤެވެ. އަދި އޭގެ ފަހުން ފުއާދު ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގެ ދެ ދައުރު 2023 ވަނަ އަހަރު ފުރިހަމަކޮށްފައެވެ.
ފުއާދު ތައުފީޤް ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މުހިންމު މަގާމުތަކެއް ވެސް ފުރުއްވާފައެވެ.