ENGLISH
20 އޭޕްރީލު 2025
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަބްދުލްޙަސީބު ޢައްޔަންކުރައްވައިފި
16 ޑިސެމްބަރު 2024
|
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރުން - ފޮޓޯ: ރައީސް އޮފިސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަންކުރައްވައިފިއެވެ.
އީސީގެ މެމްބަރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ހަސީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހެެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަބްދުލްޙަސީބު އިސްމާޢީލް އާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ހަސީބު މި މަގާމަަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީޤުގެ ދައުރު ހަމަވުމުންނެވެ.
މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު އިސްމާޢީލް، ކުރެއްވިއެވެ. ޢަބްދުލްޙަސީބު އިސްމާޢީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.