ENGLISH

20 އޭޕްރީލު 2025

Advertisement

ތިން މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ރައީސްގެ ތަޢުރީފް

16 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ތިން ވުޒާރާ ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދެމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލައްވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދެމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްލައްވާލައްވައި، އެ މިނިސްޓްރީތަކުގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ތައުރީފް ކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން ތިން މިނިސްޓްރީގެ މުވައްޒަފުންނާ މުޚާތަބުކުރައްވާ އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގެން ދިޔަކަން ފާހަގަކުރައްވައި އެ ގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަން ވެސް އުނދަގޫވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހާލަތުގައި ވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮޒިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރަށްވައި ތައުރީފް ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދާއިމީ ހައްލަކަށް އެމަނިކުފާނުގެ ވިސްނުންފުޅަކީ ތަނެއް ކުއްޔަށް ހިފުމުގެ ބަދަލުގައި ސަރުކާރުގެ ޢިމާރާތެއްގައި އެ ވުޒާރާތައް ހިންގުން ކަމަށެވެ. އެހެންކަމުން އެކަމަށް މަސައްކަތްތައް ފައްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކެތްތެރިކަމާއި، އެކުވެރިކަމާއެކު އެއްޓީމެއްގެތުގައި ހިތްވަރާއެކު ކުރިއަށްދިއުމަށް ރައީސް ވަނީ މުވައްޒަފުންނަށް ނަސޭހްތެތެރިވަޑައިގެންފައެވެ. އަދި އެ ވުޒާރާތަކުގެ ސަރވާ އިއާދަކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށާއި، އެކަން ނުކުރެވުނަސް މުޅި ސަރުކާރުގެ ތެރެއިން މައުލޫމާތު އެއްކުރެވޭނެގޮތް ހޯދައި އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު