ENGLISH

18 އޭޕްރީލު 2026

Advertisement

އަސްކަރީ އުޅަނދުތަކަށް ހޮރްމޫޒު ކަނޑުއޮޅި ހުރަސްނުކުރެވޭނެކަމަށް އީރާނުން ބުނެފި

17 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ހޮރްމޫޒް ކަނޑުއޮޅި

އެމެރިކާ އާއި އިސްރާއީލުން ދެމުން އައި ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒު ކަނޑުއޮޅި އާންމު ވިޔަފާރިތަކަށް ހުޅުވާލި ނަމަވެސް އަސްކަރީ އުޅަނދުތަކަށް އެ ސަރަހައްދު ހުރަސްކޮށް ނުދެވޭނެކަމަށް އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޝީ ވިދާޅުވީ، އީރާނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރަންވާނީ އެ ގައުމުގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގަކުން ކަމަށެވެ.

އީރާނުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ، އެމެރިކާގެ ދިދަ ނަގާފައިވާ އުޅަނދުތައް ހިމެނޭ ގޮތުން، ހުރިހާ ވިޔަފާރި އުޅަނދުތަކަކަށް އެ މަގުން ދަތުރުކުރުމުގެ ހުއްދަ ދެވިފައިވާއިރު، އަސްކަރީ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން ދެމުން އައި ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒު ކަނޑުއޮޅި އީރާނުން ހުޅުވާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %10 އަށް ވުރެ ދަށަށް ވަނީ ވެއްޓިފައެވެ.

ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއުޓީއައި ތެލުގެ އަގު ވަނީ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. ބްރެންޑް ކްރޫޑް ތެލުގެ އަގު މިހާރު ހުރީ ފީފާއެއް 89 ޑޮލަރުގައެވެ. އަދި އެމެރިކާގެ ޑަބްލިއުޓީއައި ތެޔޮ ހުރީ ފީފާއެއް 83 ޑޮލަރަށެވެ.

އީރާނުން މިހާތަނަށް އައިއިރު، މި ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން ދެމުން އަންނަ ހަމަލާތަކާ އެކުގައެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.

އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އެމެރިކާ އަަދި އިސްރާއީލްއާ ގުޅުން ހުރި ތެޔޮ ބޯޓުތަކަށް ވެސް ހަމަލާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު