ENGLISH
18 އޭޕްރީލު 2026
ޓެކްސީ ލައިންގެ ހިދުމަތަށް އަގު ނަގަން ފަށައިފި
18 އޭޕްރީލު 2026
|
ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް އަގު ނަގަން ފަށައިފި އެވެ.
މި ހިދުމަތް ފޯރުކޮށްދޭ ކުންފުނި-- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ރޭ އިފްތިތާހު ކުރެވުނު މާލެ ޓެކްސީ ލައިންގެ ހިދުމަތަށް މިއަދުން ފެށިގެން އަގު ނަގަން ނިންމާފައި ވާކަމަށެވެ.
އެމްޓީސީސީގެ ވެބް އެޕް މެދުވެރިކޮށް އަދި 1655 ހޮޓްލައިނަށް ގުޅައިގެން ދަތުރުތައް ބުކްކޮށް ދަތުރަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
އެމްޓީސީސީން ބުނީ މި ހިދުމަތްދޭނީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންއަކީ އެކަމަށް ދިރާސާކޮށް، ހާއްސަ ޕްލޭނެއްގެ ދަށުން ފެށި ހިދުމަތެކެވެ. ޖުމުލަ 150 ކާރު މި ހިދުމަތުގައި ބޭނުންކުރާނެ އެވެ.
މި ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ:
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މި މަހުގެ ދެ ވަނަ ދުވަހު ފެށިފަހުން މިއަދާ ހަމައަށް މި ހިދުމަތް ފޯރުކޮށްދެމުން އައީ މުޅީން ހިލެ އެވެ. މި ހިދުމަތް ހިލޭ ދޭންފެށީ އެ ހިދުމަތުން އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އި ރައްޔިތުން ހިޔާލު ހޯދުމުގެ މަގުސަދުގައިކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. ރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެ އެވެ.