ENGLISH

18 އޭޕްރީލު 2026

Advertisement

ސިޔާސީ މުވައްޒަފުންނަށް ތަރުޖަމާނުގެ އިލްތިމާސް؛ ހީވާގިކަމާއެކު ނަތީޖާ ނެރުމަށް މަސައްކަތްކުރައްވާތި!

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު، ފޮޓޯ: ޕީއެސްއެމް

ސިޔާސީ ވަޒީފާއަކީ ހަދިޔާއެއް ކަމުގައި ނުދެކި، އެ މަގާމުގައި ތިބެ ހިދުމަތްކުރަން ލިބޭ މުއްދަތުގައި ވަފާތެރިކަމާއި ހީވާގިކަމާއެކު އެކަށީގެންވާ ނަތީޖާ ނެރެވޭ ގޮތަށް މަސައްކަތްކުރުމަށްް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު)  އިލްތިމާސްކުރައްވައިފިއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުންދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކަށީގެންވާ ގޮތަށް މަސައްކަތްކުރައްވާކަން ވަޒަންްކުރުމަކީ ނިމުނު އަހަރުވެސް ކުރެވިފައި އޮތް، އަދި މި އަހަރުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެކަމުގައި ވަޒަަންކުރަނީ ކޮންމެ ސިޔާސީ މުވައްޒަފަކީ ދައުލަތުން މުސާރަ ދޭ، ދައުލަތުގެ މަގާމެއްގައި ހުރެ، އޭނާއަ މަތިކޮށްފައިވާ މަސައްކަތް އެންމެ އެކަށީގެންވާ ފެންވަރުގައި ކުރެވޭ އަދި ކުރަމުންދާ މީހެއްތޯކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ. 

"މާނައަކީ ޕާފޯމެންސް އެބަބެލޭ، އެމީހަކަށް އެވަޒީފާއަށްް ވައްޓަފާޅި ހުރި މިންވަރު އެބަބެލޭ، މިހާތަނަށް އޭނާގެ މަސައްކަތުގެ އަހުލާގު އެބަބެލޭ. އެމީހެއްގެ ފެންވަރަށް ބަލާފައި މިއަންނާނީ ތިން އައުޓްކަމް. އެއް އައުޓްކަމަކީ އޭނާ މަގާމުގައި ބެހެއްޓުން، ދޭއް އޭނާގެ ޕާފޯމަންސްއަށް ބަލާފައި އެ ވުޒާރާއެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތަށް އިތުރު އާރޯކަމެއް ނާންނަނަމަަ ކީއްކުރަން ބަހައްޓާ މީހެއް؟ އެހެންވީމާ އޭނާ އިތުރަކަށް އެ މަގާމުގައި ނުބަހައްޓާނެ. ތިނެއް މީނާގެ ތަޖުރިބާއަށް ބަލާފައި މިތާނގައި ބެހެއްޓުމަށްވުރެ އެހެރަތަނަށް ބަދަލުކުރުން މާ ރަނގަޅޭ އެހެންވީމާ ޓްރާންސްފާވެސް އެބައާދޭ،" މުންދު ވިދާޅުވިއެވެ. 

މުންދު ވިދާޅުވީ ބައެއް ސިޔާސީ މުވައްޒަފުން ވަކިކުރުމާއި ބަދަލުކުރުމާއި ބޭތިއްބުމުގެ އިޖުރާއާތު ނިމިގެންދާއިރު ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އަދަދު ޔަގީންނުވި ނަމަވެސް މި މަސައްކަތް ނިމިގެންދާއިރު މަގާމުތަކުގައި ތިބޭނީ އެކަށީގެންވާ ވަފާތެރިކަމާއެކު ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާނެ މުވައްޒަފުންނެވެ. 

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ސިޔާސީ ވަޒީފާތަކާއި ސިވިލް ވަޒީފާތައް ހުންނައިރު، އެއިން ސިޔާސީ ވަޒީފާތަކުގެ ބޭނުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ވަފާތެރިކަމާއެކު، އެއިރެއްގަައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަކު އަންގަވާ ގޮތަކަށް މަސައްކަތްކުރުންކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ މުހިއްމީ އެ އިތުބާރާއި ޔަގީންކަން އޮތް ބަޔަކު ވަޒީފާތަކުގައި ތިބުން ކަމަށެވެ. 

"އަޅުގަނޑުވެސް ހިމެނޭހެން ސިޔާސީ މަގާމަކީ އަޅުގަނޑުމެން އެއްްވެސް މީހަކަށް ލިބޭ ހަނދިޔާއެއް ނޫން. އަޅުގަނޑެއް ގަބޫލުނުކުރަން އަޅުގަނޑު ސިޔާސީ ގޮތުން އަަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް އަޅުގަނޑަށް ލިބިފައި އޮންނަ ހަދިޔާއެކޭ އަޅުގަނޑަށް ލިބޭ މުސާރައަކީ،" ތަރުޖަމާނު ވިދާޅުވިއެވެ. 

މުންދު ވިދާޅުވީ ހުވައެއް ކޮށްގެން ސިޔާސީ މަގާމަކަށް އައި ނަމަވެސް ނުވަތަ ޗިޓަކުން މަގާމު ހަވާލުކުރެވުނަސް، އެ މަގާމުގައި ހުރެ، ވަޒީފާ ރަނގަޅަށް އަދާކޮށް ޕާފޯމެންސް ދެއްކުމަކީ ލާޒިމު ކަމެއް ކަމަށެވެ. އަދި އެ ހާލަތުގައި ޕާފޯމް ނުކުރެވުނު މީހަކު މަގާމުން ވަކިވެގެންދާންޖެހުމަކީ ޝަކުވާކުރަންޖެހޭނެ ކަމެއް ނޫންކަމަަށްވެސް މުންދު ވިދާޅުވިއެވެ. 

"ވަޒީފާއެއްގައި ހުންނަ ވަގުތަކީ ނުވަތަ ވަޒީފާއެއް އޮތުމަކީ، ކޮންމެ ފެންވަރެއްގައިވިޔަސް، ވަޒީރާކަށްވިޔަސް ޕީޑީއަކަށް ވިޔަސް އެއީ ލިބޭ ހަދިޔާއެއް ނޫނޭ. މަސައްކަތް ކުރައްވައްޗޭ. ނަތީޖާ ނެރުއްވައްޗޭ، މުރާލިވައްޗޭ، ވަފާތެރިވައްޗޭ. އެހެންނޫނިއްޔާ ގަބޫލުކޮށްގެންނުވާނެ މާދަމާ ހުންނާނޭ،" މުންދު ވިދާޅުވިއެވެ. 

ސިޔާސީ މުވައްޒަފުންނާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ ރައީސް ވެވަޑައިގެންފަައިވާ ވައުދުފުޅުތައް ފުއްދެވުމުގައި ނަތީޖާ ނެރެވި، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރެވުން ކަމަށް މުންދު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މިހާރު ގެނެވޭ ބަދަލުތަކުގެ ބޭނުމަކީ ރައީސްގެ ވައުދުފުޅުތައް ފުއްދައި ސަރުކާރުން ނެރެން ބޭނުންވާ ނަތީޖާ ނެރުމަށް މަގުފަހިވުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު