ENGLISH

19 އޭޕްރީލު 2026

Advertisement

ސޭމް އޯލްޓްމަން: ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސްގެ ހުންގާނުގައި

17 އޭޕްރީލު 2026

|

އައިޝަތު ޝާލީން

އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ---

އަލްގޮރިދަމްތަކާއި އިންޓެލިޖެންޓް މެޝިންތަކުން ބައްޓަންވަމުންދާ މި ދުނިޔޭގައި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މިއަދު މީހުންނާ ބީރައްޓެހި އެއްޗެއް ނޫނެވެ. އަހަރުމެންގެ ވިސްނުން ބައްޓަންކުރުމުގައާއި، އާންމު ދިރިއުޅުމުގައިވެސް އޭއައި އަދާކުރާ ދައުރު މިއަދު އިންތިހާއަށް ބޮޑެވެ. 

ގިނަ ބައެއްގެ މަގުބޫލުކަން އޭއައި އަށް މިއަދު ލިބެމުންދާއިރު، މިކަމުގައި ހުންގާނުގައި ތިބީ ކޮން ބަޔަކަށްތޯ ބަލާލުން މުހިންމެވެ. މީގެ ތެރެއިން ސޭމް އޯލްޓްމަންއަކީ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. މަޑުމައިތިރި މިޒާޖެއްގެ އަލްޓްމަންއަކީ އޭއައި ވުޖޫދުކުރުމުގައި ހުންގާނުގައިތިބި މީހުންގެ ތެރެއިން ނުފޫޒު ގަދަ އެކަކެވެ. 

ޓެކް ދުނިޔޭގައި އޭނާގެ މަސައްކަތް ފެށިގެން އައީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭނާގެ މަސައްކަތް ދުނިޔެއަށް ފާހަގަކުރެވުނު ހިސާބަކީ 'ލޫޕްޓް' ނަމަކަށް ކިޔާ ސޯޝަލް ނެޓްވޯކެއް އީޖާދުކުރި ހިސާބުންނެވެ. 

އެހެންނަމަވެސް މުޅި ދުނިޔެއަށް އޭނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ 'އޯޕަންއޭއައި' ތައާރަފުކުރުމުގައި އޭނާ ދެއްކި ލީޑަރޝިޕާއި މަސައްކަތުންނެވެ. އޯޕަންއޭއައި އަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވީ އެއިން އިންސާނުން ލިޔާ ލިޔުންތަކާ ގާތްކުރާ ލިޔުންތަކާއި މެސެޖުތައް އެއިން އުފައްދާތީއެވެ. މިހާ ހިސާބުން އެކި އިންޑަސްޓްރީތަކާއި، ޕްލެޓްފޯމްތަކުގައި ފުޅާ ދާއިރާއެއްގައި އޯޕަންއޭއައިގެ ބޭނުން ކުރަން ފެށުނެވެ. އަދި އޭއައިގެ ޕްލެޓްފޯމްތަކުގެ ތެރެއިން ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކަށް އޮތް މަގުބޫލުކަން އިތުރުވެ އެތައް މިލިއަން ބަޔަކު މި ޕްލެޓްފޯމްތައް ބޭނުންކުރަން ފެށިއެވެ. 

މިފަދަ ކޮންމެ އީޖާދަކާއިއެކު ޒިންމާއެއް ވާކަން އަލްޓްމަން ގަބޫލުކުރެއެވެ. އެހެންކަމުން އޯލްޓްމަން ދަނީ އޭއައިގެ ސަބަބުން ލިބޭނެ ފައިދާތަކާއި އެއިން ލިބިދާނެ ބޮޑެތި ގެއްލުންތަކާއިމެދު ދުނިޔެ ހޭލުންތެރިކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގާނޫނު ހަދާ މަޖިލީސްތަކުގައި ހެކިބަސް ދިނުމާއި، އޭއައިއާ ގުޅުންހުރި ފްރޭމްވޯކުތަކަށް ވަކާލާތުކުރުމުގައި އޭނާ ދަނީ ކެނޑިނޭޅި އެތައް މަސައްކަތެއްވެސް ކުރަމުންނެވެ. މިއީ މިފަދަ ލީޑަރުންގެ ކިބައިން މަދުން ފެންނަ މަންޒަރެކެވެ. 

ހަމަ މިއާއެކު އޭނާ ދަނީ އޭއައި ފުޅާކޮށް ދިގު މުއްދަތަކަށް މި މަސައްކަތް ދެމެހެއްޓިއްޖެނަމަ ކުރާނެ ފައިދާތަކާ ގުޅޭގޮތުންވެސް އާންމުން ހޭލުންތެރިކުރަން މަސައްކަތްކުރަމުންނެވެ. އޭނާގެ ތަސައްވުރަކީ ހަމައެކަނި މި އީޖާދުން ފައިދާއެއް ހޯދުމުގެ ބަދަލުގައި މިކަމުގައި ހުރި އެތިކަލް މިންގަނޑުތަކާއި، ރައްކާތެރިގޮތެއްގައި މަސައްކަތްކުރުމެވެ. 

އެހެންނަމަވެސް ކޮންމެ އައު އީޖާދެކޭވެސް އެއްފަދައިން މިއީވެސް އެތައް ޚިޔާލުތަފާތުވުންތަކެއް އަމާޒުވާ ކަމެކެވެ. އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމާއި، ގޯސް މައުލޫމާތު ލުބުމުގެ ތުހުމަތުތަކާއި އޭއައިގެ ސަބަބުން މުޖުތަމައަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ސުވާލުތަކުން އޯޕަންއޭއައިއަށް އަދި ޚުދު އޯލްޓްމަންއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ކޮންމެ ދުވަހަކުވެސް އަމާޒުވެއެވެ. 

މި ހުރިހާ ކަމެއްގެ ތެރެއިން އަލްޓްމަން އަދިވެސް ހުރީ ދުނިޔެއިން ދުށް އެންމެ މުހިންމު އެއް އީޖާދުގެ ހުންގާނުގައެވެ. އޭނާ ޚާއްސަވާ އެއް ސަބަބަކީ އޭއައި ކުރިއެރުވުމަށް އޭނާ ކުރާ މަސައްކަތުން އެކަންޏެއް ނޫނެވެ، މިކަމުން އަމާޒުކުރާ ގޮންޖެހުންތަކާ ކުރިމަތިލާން އޭނާއަށް ކެރޭ މިންވަރުންވެސް މެއެވެ. 

ކިޔުންތެރިންގެ ހިޔާލު