ENGLISH

20 އޭޕްރީލު 2025

Advertisement

ހައްޖަށް ދިއުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކުރުމަކީ ރައީސްގެ ވަރަށް ބޮޑު ތަސައްވަރެއް: ޝަކީލް

16 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް

ރައްޔިތުން ހައްޖަށް ދިއުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަސައްވަރެއްކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ރައްޔިތުން މިހާރު ހައްޖަށް ދިއުމަށްޓަކައި ކުރާ ހޭދައަކީ ވަރަށް ބޮޑު ހޭދައެއް ކަމަށާއި ރައީސް ގެ ތަސައްވަރަކީ މި ހޭދަ ކުޑަކުރުން ކަމަށެވެ.

"ރައްޔިތުން މިހާރު ހައްޖަށް ދިއުމަށްޓަކައި މިކުރާ ހޭދައަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ވަރަށް ބޮޑު އަދަދެއް، އެހެންވީމަ ހައްޖަށް ދިއުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވަރެއް. މި ތަސައްވަރު ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި ކުންފުންޏާ އަޅުގަނޑު ހަވާލުވި ހިސާބުން ފެށިގެން މަސައްކަތް މި ފެށީ." - ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް

އެމްޑީ ޝަކީލް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަން އާ ހަވާލުވިއިރު މި ކޯޕަރޭޝަން އަކީ ހައްޖަށާއި އުމްރާއަށް ގެންދާ ޖަމާއަތަކަށްވުރެ ބަލިކަށިކޮށް އޮތް ކުންފުންޏެއް ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކަކީ ސިޔާސީ މީހުން ކުޅެން ގެންގުޅޭ ތަންތަނުގެ ގޮތުގައި ހަދައިފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަން ނިމުނު އިރު ކުންފުނިތައް އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށް ޝަކީލް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން ނުވަތަ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚިދުމަތެއް ދޭކަމަށް ވަންޏާ އެންމެ ފުރަތަމަ ކަމަކަށް ކުންފުންޏާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށާއި އެކަން ހާސިލް ކުރެއްވިއްޖެ ކަމަށް ޝަކީލް ވިދާޅުވިއެވެ.  

ކިޔުންތެރިންގެ ހިޔާލު