ENGLISH
20 އޭޕްރީލު 2025
އދ. އޮމަދޫގެ 25 އަހަރުވެފައިވާ ބަނދަރު އަލުން ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
15 ޑިސެމްބަރު 2024
|
އދ. އޮމަދޫގައި ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ގާތްގަނޑަކަށް މީގެ 25 ވަރަކަށް އަހަރު ކުރިން ހަދާފައިވާ އދ. އޮމަދޫ ބަނދަރުން އަލުން ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު މި ޔަޤީންކަން ދެއްވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އޮމަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އޮތީ އދ. އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ޙައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށާ، މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
އދ. އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫޢުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2025 ވަނަ އަހަރު، މި 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށެވެ.
އދ. އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ރަށުގެ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޙާލަތު އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ. އޮމަދޫ ބަނދަރު ސަރަޙައްދަށް ވަޑައިގެން، އެ ރަށުގެ ބަނދަރު އޮތް ޙާލަތު ވަރަށް ގާތުން ބައްލަވާލައްވައިފައެވެ.