ENGLISH

20 އޭޕްރީލު 2025

Advertisement

ތިން ވުޒާރާއަކާއި ސިޓީ ކައުންސިލްގެ އޮފީހެއް އަނދައިގެން ދިއުމަކީ ރައީސްއަށް ވެސް ވަރަށް އަސަރު ކުރިކަމެއް

15 ޑިސެމްބަރު 2024

|

އެމް އެމް

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ގޮތަށް އަނދާ އަޅިއަށްވި ހާދިސާއަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، ރައީސުލްޖުމްހޫރިއްޔާ އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެކެވެ. އދ. ދަނގެތީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު އެމަނިކުފާން މަސައްކަތްކުރެއްވި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވި މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރެއްވި ކަމަށެވެ.

އެހެންނަމަވެސް، އެމަނިކުފާނު މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށާއި، އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ހެނދުނު 8 ޖެހިއިރު އެ ވުޒާރާތަކުން ޚިދުމަތް ދޭން ފަށާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު