ENGLISH
11 އޭޕްރީލު 2026
ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ
11 އޭޕްރީލު 2026
|
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
އިންތިޚާބާ ގުޅިގެން މިހާތަނަށް 170 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާކަމަށެވެ. މި ޝަކުވާތަކާ ގުޅިގެން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވޭ. އެ ފުުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ލިބިގެން ދާނެ،". ޒާހިދު ވިދާޅުވި އެވެ.
އިންތިހާބީ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ފަހިކޮށްދީފައިވާއިރު ޝަކުވާ ފޯމު މެދުވެރިކޮށް އަދި އޮންލައިން ކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބިދެއެވެ.
ވޯޓުލީ ދުވަހުގެ ހެނދުނު 7:00 އިން 9:00 އާ ހަމައަށް، ދެ ގަޑިއިރުގެ ތެރޭގައި 36 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ކޮމިޝަނުން އެ ދުވަހު މައުލޫމާތު ދީފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާ ގުޅޭ ޝަކުވާތަކާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ ޝަކުވާތަކާއި، ވޯޓުލާ ސަރަހައްދާ ގުޅޭ ޝަކުވާތަކެވެ. މީގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ޝަކުވާތަކާއި، ވޯޓުލުމުގެ މަރުހަލާގައި ދިމާވާ މައްސަލަތަކުގެ ޝަކުވާތަކެވެ.
މި ޝަކުވާތައް ބަލަމުންދާނެކަމުގެ ޔަގީންކަން ކޮމިޝަނުން ދެއެވެ.