ENGLISH

10 އޭޕްރީލު 2026

Advertisement

ސައުވީސް ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފި

10 އޭޕްރީލު 2026

|

ފާތުމަތު އަދާ

ސަރުކާރުން ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށާއި ހަކަތައިގެ މިނިވަންކަމަށް އަމާޒުކޮށްގެން، 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ 24 ރަށެއްގައި އުފެއްދުމަށް ނިންމައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހިންގާ އެސްޕަޔަ އަދި އެރައިޒް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ބޭނުމަކީ ތެލަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އިޤްތިޞާދާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމެވެ.

މި މަޝްރޫއަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނެވި ހަކަތަ ކަމުގައި ހެދުމަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ސަބަބުން ތެލަށް ކުރާ ހަރަދު ސަލާމަތް ކުރެވި، ވިހަ ގޭސްތައް މަދުވުމުން ތިމާވެށި ހިމާޔައްކުރަން ބޮޑު އެހީއަކަށް ވާނެއެވެ. މިޢީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު