ENGLISH

10 އޭޕްރީލު 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓަށް އެންސްޕާ ކާޑު ހުށަހެޅޭނެ

10 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ހުށަހަޅާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް މިހާރު ވަނީ ހަމަޖައްސާދީފައި.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ހުށަހަޅާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި އެވެ. 

ބޯހިޔާވަހިކަމާ ބޭހޭ ވުޒާރާއިން ރޭ ހާމަކުރި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކުރުމަށްޓަކައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭނެ އެވެ. މިއީ އެ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ. 

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، ފުލެޓަށް އެދި ހުޅުވާލާފައިވާއިރު މި މަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. 

ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު