ENGLISH
10 އޭޕްރީލު 2026
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ ކުރިއަށް ގެންދަނީ
10 އޭޕްރީލު 2026
|
އެމްއެމްއޭ އިން މިއަދު ވޯކާޒް ރެމިޓެންސް ސާވޭ ކުރިއަށް ގެންދާނެ
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭ މިއަދު ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. އެމްއެމްއޭއިން މައުލޫމާތުދޭ ގޮތުގައި މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭ އެކެވެ.
ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ.
މަރުމަޒީ ބެންކުން ބުނީ މި ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެ ކަމަށް މަރުކާޒީ ބޭންކުން މައުލޫމާތު ދެއެވެ.
އަދި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.