ENGLISH

05 ޖުލައި 2025

Advertisement

2027 ގައި ދެވަނަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ

15 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ަރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު އދ. މަހިބަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ.

ވެރިކަމާއި ހަަވަލުވެވަޑައިގަތް ފަހުން، ރަސްމީ ހައިސިއްޔަތުން މިހާތަނަށް ދަތުރުނުކުުރެވޭ ހުރިހާ ރަށަކަށް އަންނަ އަހަރު ވަޑައިގަންނަވާނެ ކަމަށާއި، އަދި ދެވަނަ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް 2027 ގައި ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ހެނދުނު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ބުރަށް ވަޑައިގަންނަވާނެކަމަށް ވަޢުދުވެ ވަޑައިގެންފައިވާނެ ކަމަށެވެ. މިހާރު، ބައްދަލުކުރައްވަމުން ގެންދަވާ އދ. އަަތޮޅުގެ ބައެއް ކައުންސިލުތައް ފިޔަވާ، ބައްދަލުނުކުރެވި އޮތީ ހަތަރު ކައުންސިލްއާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ހަތަރު ކައުންސިލްއާ ބައްދަލުވީމަ މުޅި ރާއްޖޭގެ ހުރިހާ (ރަށެއްގެ) ކައުންސިލްތަކާ ބައްދަލުވީ، ދެން އަޅުގަނޑު ކުރަން ނިންމާފައި އޮތީ އަޅުގަނޑު ނުދާ ހުރިހާ ރަށަކަށް ދިއުމުގެ ދަތުރުތައް، މިހާރު ނުދެވިހުރި ރަށްތަކަށް، މިއަންނަ އަހަރު ބަހާލައިގެން، ރާއްޖޭގެ ކޮންމެ ރަށަކަށް އަޅުގަނޑު ދާނަން. ހުރިހާ ރަށެއްގެ ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރާނަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ސީދާ ރައްޔިތުންގެ ފަރާތުން ކަންކަން އޮޅުންފިލުމުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ފަސޭހަވެގެން ދާނެއެވެ.

"ދެވަނަ ރައުންޑަކަށް ވެސް، މެދަށް އެއް އަހަރު ދޫކޮށްލާފައި އިރާދަކުރެއްވިއްޔާ 2027 ގެ ތެރޭގައި އަޅުގަނޑު ހުރިހާ ރަށަކަށް އަނެއްކާވެސް ދެވަނަ ބުރެއް އެޅުން އަޅުގަނޑުގެ ޕްލޭންއަކީ. އެއީ އަޅުގަނޑު ވައުދުވެފައި ވެސް އޮތް ގޮތް. ދައުރު ތެރޭގައި ދެ ފަހަރު ކޮންމެ ރަށަކަށް ދާނަމޭ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

މާލެ އަތޮޅާއި އއ. އަތޮޅުގެ ބައެއް ރަށްރަށް މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ވަނީ ވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ފާސްކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓާއެކު 2025 ވަނަ އަހަރު ވެގެންދާނީ ރަށްރަށުގައި ވަރަށް ގިނަ މަޝްރޫޢުތައް ހިންގޭ އަހަރަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު