ENGLISH
10 އޭޕްރީލު 2025
ވަޔެކާނޯ އިން ރެއާލް ހުއްޓުވައިފި
15 ޑިސެމްބަރު 2024
|
ވަޔެކާނޯއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މި ނަތީޖާއާ އެކު ތާވަލްގެ ކުރިއަށް ޖެހިލަން ރެއާލަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް ފަހަތުން ރެއާލް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. އެތުލެޓިކް ބިލްބާއޯ ހަތަރު ވަނައިގައި އޮތީ 17 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ.
ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 36 މިނެޓު ތެރޭ އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ އުނާއި ލޮޕޭޒް އާއި އަބްދުލް މޫމިން އެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ފެޑެރީކޯ ވަލްވާޑޭ އާއި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑުތަކުން ރެއާލުން ވަނީ އެއްވަރުކޮށްފައެވެ. އަދި، ފަހު ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ރޮޑްރީގޯގެ ލަނޑުން ރެއާލުން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ވަޔެކާނޯ އަށް އެއްވަރުކޮށްދިނީ އިސީ ޕަލާޒޯން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މަޔޯކާގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ޖިރޯނާ ބަލިކޮށްފައެވެ. ސެލްޓާ ވިގޯ އަތުން އަމިއްލަ ދަނޑުގައި ސެވިއްޔާ މޮޅުވީ 1-0 އިންނެވެ.